Advertisement

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އެލައިޑުން ލައިފް އިންޝުއަރެންސް ތައާރަފްކޮށްފި އެވެ.

ރޭ ކުރިއަށްދިޔަ އެލައިޑްގެ ސްޕެޝަލް އިވެންޓް ހަފްލާގައި މި ހިދުމަތް ތައާރަފްކޮށްދެއްވާފައިވަނީ އުރީދޫގެ ސީއީއޯ ނަޖީބް ހާނެވެ. ނަޖީބް ހާން ވިދާޅުވި ގޮތުގައި އުރީދޫގެ ކްލަބް ޕްރިމިއާ ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް 100،000 ރުފިޔާގެ އިންޝުއަރެންސް އެލައިޑްގެ ފަރާތުން ލިބޭނެއެވެ. މީގެ އިތުރުން މި ހިދުމަތަކީ އުރީދޫގެ ޕޯސްޓްޕެއިޑް ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ލިބިގެންދާ ހިދުމަތެއްކަމަށް ނަޖީބް ވިދާޅުވިއެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުން އެލައިޑް ލައިފް އިންޝުއަރެންސް ބޭނުންނަމަ އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރަކަށް ރެޖިސްޓަރ ވުމުން މި ހިދުމަތަށް ރެޖިސްޓަރ ވެވޭނެކަމަށްވެސް ނަޖީބް ވިދާޅުވިއެވެ.

ނަޖީބް ވަނީ އެލައިޑުން އުރީދޫގެ ކަސްޓަމަރުންނަށް މިފަދަ ހިދުމަތެއް ތައާރަފްކޮށްދިނުމުން އެލައިޑަށް ޝުކުރު ދަންނަވައިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސްތުވާ ތަކެތީގެ މައްސަލައެއްގައި މީދުން ދެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި  މީދުން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މިދެޒުވާނުން ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމީދޫގައި ޕޮލިހުން ހިންގި ...

މީދޫޓީމަކާއި ފޭދޫ ޓީމަކާ ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފި

މީދޫ އަންހެން ވޮލީ ޓީމަކާއި ފޭދޫ އަންހެން ވޮލީ ޓީމަކާއި ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފިއެވެ. ހޮނިހިރު ...

ގޮޑު ދޮށަށް ކުނި ނޭޅުމަށް އިލްތިމާސެއް

މީދޫ ގޮޑުދޮށަށް ކުނި ނޭޅުމަށް ނަލަފެހިން އިލްތިމާސް ކޮށްފިއެވެ. ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ” ނަލަފެހި ...