އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ނަލަފެހި ޖަމްއިއްޔާގެ އޮފީސް ހުޅުއްވައިދެއްވައިފި

Advertisement
Advertisement

މީދޫ ނަލަފެހި ޖަމްއިއްޔާގެ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމއިްޔާތު މިއަދު ބާއްވައިފިއެވެ. ބޯކޮށް ވެހެމުންދިޔަ ވިއްސާރައިގެ ތެރޭގައި ބޭއްވުނު މިރަސްމިއްޔާތުގައި މިއޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދުއެވެ.

ނަލަހަފެހި ޖަމްއިއްޔާގެ އޮފީސް ހުޅުވައި ދެއްވުމަށްފަހު  ބޭއްވު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކު ކުނި މެނޭޖްކުރުމަށް 246 މިލިއަން ރުފިޔާގެ މަޝްރޫއެއް ސައުތުކޮރެއާގެ ކުންފުންޏަކާއި ހަވާލްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ނަލަފެހި ޖަމްއިއްޔާގެ އޮފީސް ހުޅުވުމަށް އެއޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު  ވިދާޅުވީ އައްޑުއަތޮޅާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރުމަށް ސައުތު ކޮރެއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއު ތިން އަހަަރު ތެރޭގައި މުޅިން ނިންމާލެވޭއިރު އައްޑުއަތޮޅާއި ފުވައްމުލަކުގައި އުފެދޭ ކުނި އެއް ސަރަހައްދަކަށް ޖަމާކުރެވި އެކުނި އަންދައިގެން 1.5 މެގަ ވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށެވެ. މިގޮތައް ކުނިއަންދައިގެން އުފައްދާ ކަރަންޓުން އައްޑުއަތޮޅަށް ބޭނުންވާ ކަރަންޓްގެ 25 އިންސައްތަ އުފެއްދޭނެކަމަށްވެސް ޑރ. ހުސެން ރަޝީދު ވިދާޅުވިއެވެ.

ނަލަފެހި އޮފީސް ހުޅުވުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މީދޫދާއިރާގެ ރަށްޔިތުންގެ މަޖިލިހުގެ މެމްބަރު ރޮޒެއިނާއާއި މީދޫ ދާއިރާގެ ކައުންސިލަރު ހިޔާޒުގެ އިތުރަށް ޑރ. ހުސެން ރަޝީދާއެކު މީދޫއަށް ވަޑައިގެންނެވި ޓީމްގައި ހިމެނިވަޑައިގެންނެވި ޓީމްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަސް ސެޓު ކުޅެގެން ގއ. ޕޮލިސް ޓީމު ބަލިކޮށް އައްޑޫސިޓީ ޕޮލިސްޓީމު ފައިނަލަށް

ސައުތު ބްލޫޒް އަންހެން  ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލްގެ 3 ވަނަ މެޗްގައި ފަސްސެޓް ކުޅެގެން  ގއ. ޕޮލިސް ބަލިކޮށް ...

އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފި

މާލޭ އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފިއެވެ. ކާރުގައި ރޯކޮށްލާފައިވާއިރު މިރޭ މާލޭގެ އެކި ސަރަޚައްދުތަކުގައި އިދިކޮޅު ...