Advertisement

ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ޢާންމު ރައްޔިތުންގެ ޒާތީ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ވިއްކަމުންދާ މައްސަލަ އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ޢާންމު ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ހިމެނޭ ޑޭޓާބޭސްއެއް ރައްޔިތުންގެ މަޖިލީހުގެ އިިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވިއްކަމުންދާ މައްސަލައެއް ތަޙްޤީޤްކުރަމުންދާކަމަށް ފުލުހުންވެސް ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން މަދަނީ ޖަމިއްޔާއެއްކަމަށްވާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޢާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ މި ޑޭޓާބޭސްގައި މައުލޫމާތު ހިމެނޭ ފަރާތްތަކުގެ ހުއްދަނެތި ވިއްކުމަކީ މަނާކަމެއްކަމަށް ކަނޑައަޅައިދިނުމަށާއި، މި ޑޭޓާބޭސް ބޭނުންކުރުން ހުއްޓާލުމުގެ އަމުރަކަށް އެދިއެވެ. އަދި މިމައްސަލަ ވަކިގޮތަކަށް ނިމެނެދެން މި ޑޭޓާބޭސް ވިއްކުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށްވެސް ސިވިލްކޯޓުގައި އެދިފައިވާކަމަށް އެޖަމިއްޔާއިން މައުލޫމާތުދޭއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޢާންމު ރައްޔިތުންގެ ޒާތީ އެތައް މައުލޫމާތުތަކެއް ހިމެނޭ “ހަކުޅި” ނަކަމަކަށް ކިޔާ އެޕްލިކޭޝަނެއް ވިއްކަމުންދަނީ ޢަބްދުﷲ ޝުހޫދުކިޔާ މީހެކެވެ. އޭނާ މި އެޕްލިކޭޝަން ވިއްކަމުންދަނީ ފަންސަވީސް ހާސް ރުފިޔާއަށެވެ. މި އެޕްލިކޭޝަންގައި ޢާންމުންގެ އައިޑީ ކާޑު ނަންބަރާއި ފޮޓޯވެސް ހުރެއެވެ. އަދި ޒާތީ އެތައް މައުލޫމާތެއް މި އެޕްލިކޭޝަންގައި ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ޑޭޓާބޭސް ވިއްކުން ހުއްޓުމުގެ އަމުރަށްކަށްއެދި ހުށަހެޅި ފަރާތުން ދައުވާކޮށްފައިވަނީ ޢަބްދުﷲ ޝުހޫދާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓެއްކަމަށްވާ ޢަބްދުﷲ ޢަބްދުއްރަޙީމްގެ މައްޗަށެވެ. މިދެމީހުންނަކީ ޑޭޓާ ބޭސްއާ ގުޅުންހުރި ކަމަށް ބެލެވޭ ދެ މީހުންކަމަށް މިމައްސަލަ ކޯޓަށް ހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ދިވެހި ރައްޔިތުންގެ ސިއްރު މައުލޫމާތުތަކެއް އާއްމުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، މި މައްސަލަ ވީހާވެސް އަވަހަށް ތަހުޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ގޮވާލައްވާފައެވެ.

މަސްދަރު: ޕީއެސްއެމް

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގޮޑު ދޮށަށް ކުނި ނޭޅުމަށް އިލްތިމާސެއް

މީދޫ ގޮޑުދޮށަށް ކުނި ނޭޅުމަށް ނަލަފެހިން އިލްތިމާސް ކޮށްފިއެވެ. ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ” ނަލަފެހި ...

ވައްކަން ކުރީ ކާކު ކަން އެނގޭ، އިބޫ ވައްކަން ކުރިކަމަށް ބުނުމުން ރައްޔިތުން ގަބޫލު ނުކުރާނެ: ރޮޒެއިނާ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައްކަން ކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލުނުކުރާނެކަމަށް ...