އެމްޑީޕީއަށް ކުރިހޯދައި ދިނުމަށްޓަކައި މިތިބީ ތަރުތީބުވެ ސަފުތައް ބަދަހިކޮށްގެން- ފައިޒް

advertisement

އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެން  އެމްޑީޕީއަށް ކުރިހޯދައި ދިނުމަށްޓަކައި މިތިބީ ތަރުތީބުވެ ސަފުތައް ބަދަހިކޮށްގެންކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ފައިޒް ވިދާޅުވެއްޖެވެ.

ސ. އަތޮޅުމަދަރުސާގައި ބޭއްވި އެމްޑީޕީ “ރަށްވެހި ފަތިސް” ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިޒް ވިދާޅުވީ ލާމަޒުކަޒުވެގެން ދާއިރު  އައްޑޫވަންތަކަން ދަމަހައްޓައި އައްޑުއަކީ ރަށްޔިތުން އުފާފާގަތިކަމާއެކު ދިރިއުޅެވޭ ” ނަލަ ފަރި ” ތަނަކަށް  ހެދުމަށްޓަކައި އައްޑޫސިޓީގެ އެންމެން ތިބީ އަޒުމް ކަނޑައަޅައިގެންކަމަށެވެ.

ފައިޒް ވިދާޅުވީ ހުޅުދޫމީދޫގެ ކަންތައްތައް ކުރާނީ ހުޅުދޫމީދޫގެ ރަށްޔިތުން ބޭނުންވޭގޮތައްކަމަށާ އައްޑޫސިޓީގެ ކަންތައްތައް  ކުރާނީ  އައްޑޫސިޓީގެ ރަށްޔިތުން ބޭނުންވާގޮތައްކަމަށެވެ.   އަދި ދިވެހިރާއްޖޭގެ ކަންތައްތައް  ކުރާނީ ދިވެހިރަށްޔިތުން ބޭނުންވާގޮތައްކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ފައިޒް ވިދާޅުވީ  މިސަރުކާރުގެ  އަމާޒު ނުވަތަ ހުވަފެނަކީ އެއީކަމަށެވެ. އެހެން ކަމުން  އެމްޑީޕީގެ މެމްބަރުންނާއި މުޅި ދިވެހިރަށްޔިތުން  ތިބީ މިސަރުކާރުގެ ވައުދުތައް ފުއްދައިދިނުމަށް ކެރިގެން ނިކުމެފައިކަމަށް ފައިޒް ވިދާޅުވިއެވެ.

ޚިޔާލު ތަފާތުވުން ހުރިކަމުގައިވިޔަސް  ރަށްޔިތުންނަށް އުފާވެރިކަމާއި ރަށްޔިތުންނަށް ފުދުންތެރިކަން ލިބިދެވޭނީ މިސަރުކާރާއެކީ  ބާރަށް ކުރިއަށް ގެންގޮސްކަމަށްވާތީ  އެކަކު އަނެކެއްގެ  ފުށުން ވާގިލިބި އެމްޑީޕީއަށް ކުރިހޯދައިދިނުމަށްޓަކައި  ތަރުތީބުވެ ސަފުތައް މިހާރަށްވުރެ ބޮޑަށް ބަދަހިކުރުމަށްވެސް  ފައިޒް ގޮވާލެއްވިއެވެ.

” ރަށްޔިތުންނަށް އުފާވެރިކަން ލިބިދެވޭނީ ރަށްޔިތުންގެ ޖީބުތައް މުއްސަދިވެ ، ފުރިހަމަ ސިއްހަތެއްގައި ތިބެވޭނެ ގޮތަކަށް ކަންތައްތައް  މެދުވެރިކޮށް އަދި   އެކަކު އަނެކަކާ  އޮންނަ ގުޅުންތައް ބަދަހިކޮށްގެން  ، އެހެންކަމުން އަޅުގަޑުމެން މިތިބީ އިރާދަކުރެއްވިއްޔާ މިކައުންސިލް އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީއަށް ކުރިހޯދައިދިނުމަށް އަދި ދިވެހި ރަށްޔިތުންނަށް ކުރިހޯދައިދިނުމަށް އަދި އައްޑުސިޓީއަށާ ހުޅުމީދޫއަށް ކުރިހޯދައިދިނުމަށް  ކެރިގެން ނިކުމެ ، ” ފައިޒް ވިދާޅުވިއެވެ

ފައިޒް އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް އެމްޑީޕީގެ ޓިކެޓް ހޯދާފައިވަނީ ހުޅުދޫގެ މިހާރުގެ ކައުންސިލަރު އިބްރާހިމް ޝުކުރީއާއި ވާދަކޮށް ބޮޑުތަފާތަކުން ޕްރައިމަރީ ކާމިޔާބުކޮށްގެންނެވެ.

އެމްޑީޕީ ޕްރައިމަރީގައި ހުޅުދޫގައި  ބެހެއްޓި ވޯޓް ފޮށީގެ ނަތީޖާއަށް ބަލާލާއިރު ފައިޒްއަށް ލިބިފައިވަނީ 239 ވޯޓެވެ. ޝުކުރީއަށް  ލިބުނީ 68 ވޯޓެވެ. އިރުޝާދަށް ލިބުނީ 74 ވޯޓެވެ.

މާލޭގެ ވޯޓް ފޮށީގެ ނަތީޖާއަށް ބަލާއިރު  ފައިޒްއަށް ލިބިފައިވަނީ 240 ވޯޓެވެ. ޝުކުރީއަށް  ލިބުނީ 82 ވޯޓެވެ. އިރުޝާދަށް ލިބުނީ 173 ވޯޓެވެ.

ފައިޒްއަށް ޖުމްލަ 479 ވޯޓް ލިބިފައިވާއިރު ފައިޒްއާއި އެންމެ ގާތުން ވާދަކުރި އިރުޝާދު ( ކިރޭ ) އަށް ލިބިފައިވަނީ 247 ވޯޓެވެ. އަދި މިހާރުގެ ކައުންސިލަރު ޝުކުރީއަށް ލިބިފައިވަނީ 150 ވޯޓެވެ.

އެހެންކަމުން ފައިޒް ޕްރައިމަރީ ކާމިޔާބުކޮށްފައިމިވަނީ 232 ވޯޓްގެ ބޮޑުތަފާތަކުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިރާގު ނައު އެޕް – ރޯދަމަހާ ގުޅޭ ސަޅިއެޕެއް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ...

ފޮޓޯއިން ޚަބަރު: ހުޅުދޫއާއި މީދޫގައި ކާފިއު ހިންގާފައިވާ ގަޑި

ބަރާބަރު ހަވީރު ހަޔެއް ޖެހުމާއެކު ހުޅުދޫއާއި މީދޫގެ މަގުތައް ފަޅުވެއެވެ. އެއީ ހަވީރު ހަޔަކުން ފަތިހު ހަތަރަށް ކޮވިޑް ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 14  އޯގަސްޓް 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...