ކޮވިޑް-19: އައްޑޫ އިން ހަތް ޑޮކްޓަރުންނާއި ގިނަ އަދަދެއްގެ ނަރުހުން އެކަހެރިކޮށްފި

އައްޑޫ ސިޓީން އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ  ހަތް ޑޮކްޓަރެއް އެކަހެރިކޮށްފި އެވެ.

އެކަން ހާަމަކޮށްފައި ވަނީ އައްޑޫ ސިޓީ ކައުންސިލުން ބޭއްވި  ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

” 10ވަރަކަށް ނަރުުންނާއި ހަތް ވަރަކަށް ޑޮކްޓަރުންނާއި އެބަލިމީހާ ކޮންޓެކްޓް ވެފައިވާކަމަށް  ފާހަގަކުރެވިފައި ވޭ ” ނޫސްވެރީންވެރީގެ ބައްދަލުވުމުގައި އައްއްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް މެނޭޖަރ ޝަރަފް ސާދަތު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ބަލިމީހާ ހޮސްޕިޓަލަށް ގެންދެވުނު ވަގުތު ގިނަ އަދަދެއްގެ ނަރުހުންނާއި ކޮންޓެކްޓް ވެފައިވާނެކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެބަލިމީހާ ހޮސްޕިޓަލަށް ގެންދެވުނު ވަގުތު ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް ގޮސްފައިވާ ބައެއް ފަރާތްތަކާއި ބަލިމީހާ އެއަރޕޯޓަށް ގެންގޮސް ފުރުވާލި ވަގުތު އެމީހާއި ކޮންޓެކްޓް ވެފައިވާ ފަރާތްތައްވެސް މިހާރުވަނީ އެކަހެރި ކުރެވިފައެވެ.

އަދި މީގެ އިތުރަށް އައްޑީއިން ކޮވިޑަށް ޕޮޒިޓިވްވި މީހާއި ކޮންޓެކްޓް ވެފައިވާނަމަ ކޮންޓެކްޓް ވެފައިވާ ފަރާތްތަކުން އައްޑޫސިޓީގެ އެސްއެސްޑީ ނަމްބަރުތަކަށް  ނުވަތަ އެޗްޕޯއޭގެ ހޮޓްލައިން 1676 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިއުތިމާސްކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެކްޓިވޭޓްކޮށްފައި ހުންނަ ސިމްކާޑު ވިއްކުން މާދަމާއިން ފެށިގެން މަނާ

މޯބައިލް ފޯނު ޚިދުމަތުގައި ބޭނުންކުރާ ސިމްކާޑު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން މިއަދު ...

އަނިޔާއަށް ފަހު ޔާސީން އެނބުރި ފަރިތަކުރުންތަކަށް

މީދޫގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޔާސީންގެ ކަކުލު ހުޅަށް ލިބުނު އަނިޔާއަށް ފަހު އެނބުރި ވޮލީގެ ޓްރެއިނިންގއަށް އަތުވެއްޖެއެވެ. ...

“ބެސްޓް ޕްރެޒިޑެންޓް” ލިސްޓުގެ ނުވަ ވަނައިގާ ރައީސް ޔާމީން

އޮސްޓްރިއާގެ ރިސަރޗް ފާރމްއެއްކަމަށްވާ “ސްޓެޓިސްޓިކާ އިންކް” އިން އެކުލަވާލި “ބެސްޓް ޕްރެޒިޑެންޓް” ލިސްޓުގެ ނުވަ ވަނައިގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ...