އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ އެ ހޮސްޕިޓަލުގައި “ހެލްޕާސް”ގެ ގޮތުގައި އެކި ޑިޕާޓުމެންޓްތަކުގައި މަސައްކަތް ކުރަމުން އަންނަ 12 ބިދޭސީން ކަމަށެވެ.

އެމީހުންނަކީ ހުޅުމާލޭގައި ހުންނަ އެ ހޮސްޕިޓަލުގެ އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅޭ މުވައްޒަފުން ކަމަށާއި އެ ބްލޮކުގައި ޖުމްލަ 40 މުވައްޒަފަކު ދިރިއުޅޭ ކަމަށް އަފްއާލް ވިދާޅުވިއެވެ.

އަފްއާލް ވިދާޅުވީ އެމީހުން ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށާއި ޕޮޒިޓިވްވި މީހުން އައިސޮލޭޓް ކުރެވި، ދެންތިބި މީހުން ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވެފައިވަނީ ނޭޕާލާއި ބަންގުލަދޭޝްގެ މުވައްޒަފުން ކަމަށާއި އެމީހުންނަށް ބަލި ޖެހުނީ އޭޑީކޭ ހޮސްޕިޓަލުން ނޫން ކަމަށް ބެލެވޭ ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ. މަޖީދުގެ ޖަނާޒާއަށްފަހު ހަށިކޮޅު ފަސްދާނުލައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ކަށުނަމާދަށްފަހު އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލައިފި އެވެ. ޑރ. ...

ލޯޑު ބޮޑުވާ ބައެއް ގަޑިތަކުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑޭނެ – ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެފައިވާ ފަންނީ މައްސަލައެއްގެ ސަބަބުން، ލޯޑު ބޮޑުވާ ބައެއް ...

ރައީސް ނަޝީދު ހާލުކޮޅު އަންނަނީ ރަނގަޅުވަމުން، އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާ އެ މަސައްކަތް ކުރައްވަމުން ...